ޚަބަރު

އެމެރިކާގައި ހިލޭ މާސްޓާސް ޑިގްރީ ހެދުމުގެ ފުރުސަތު ދެ ދިވެއްސަކަށް ދެނީ

އައިކާ ޔުނާން ، ދެން އޮންލައިން
ދަސްވެނިވުން ހަފްލާއެއްގެ ތެރެއިން، -- އެމްއެންޔޫ

އެމެރިކާ ސަރުކާރުގެ އެހީގައި އެ ގައުމުގައި މާސްޓާސް ޑިގްރީ ހާސިލްކުރުމަށް ދިވެހިންނަށް ދިން ދެ ފުރުސަތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

Ads by MWSC

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބުނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައި ފަށާ ގޮތަށް, ފޮރިން ފުލް ބްރައިޓް ޕްރޮގްރާމްގެ ތެރެއިން މާސްޓާސްއަށް ކިޔެވުމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ފުރުސަތަށް އެދުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހު 31 ވަނަ ދުވަހެވެ.

އެމްބަސީއިން ބުނި ގޮތުގައި، ގިނަ ވެގެން ދިވެހި ދެ ކުއްޖަކަށް ފުރުސަތު ދޭނެ އެވެ. މިއީ އެމެރިކާ ސަރުކާރުން މުޅި ކޯހަށް ހަރަދުކޮށްދޭ ގޮތަށް ދޫކުރާ ފުލީ ފަންޑެޑް ސްކޮލަޝިޕްތަކެކެވެ.

ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުގެ ދަރިވަރުންނަށް އެމެރިކާގައި ކިޔެވުމުގެ ފުރުސަތު ދެ އެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 4،000 ބިދޭސީ ދަރިވަރުންނަށް ފުލްބްރައިޓް ސްކޮލަޝިޕް ދެ އެވެ.

ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް ހިންގަނީ އެމެރިކާގެ އެމްބަސީތަކުންނެވެ. ސްކޮލަޝިޕް ދިނުމުގެ ހުރިހާ ޕްރޮސެސްއެއް ފުރިހަމަ ކުރާނީ ވެސް އެ ގައުމެއްގައި ހުންނަ އެމްބަސީއިންނެވެ.

ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ރާއްޖެއިން ސޮއިކުރީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން އިތުރު އަހަރުތަކުގައި ވެސް އެ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!