ޚަބަރު

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ލަފާދޭ ކައުންސިލަށް މެެމްބަރުން ހޯދަނީ 

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ސަރުކާރުގެ މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށްދަނީ

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅިގެން ލަފާ ދޭ "ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް" ގެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

Ads by Hajj Corporation

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ މި ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވަނީ މި މަހުގެ 24 ގެ 13:30 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މި ކައުންސިލަށް ހޮވާނީ މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާތަކުން 3 މެންބަރުންނާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނީ ޖަމިއްޔާތައް ތަމްސީލުކުރާ 3 މެންބަރުން ނެވެ.

މިނިސްޓްރީން ބުނީ މެންބަރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ވުޒާރާ އަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެ ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ.

އެ ވުޒާރާއިން ބުނީ އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މެންބަރުކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެވޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!