ޚަބަރު

ހިޔާ ފްލެޓުން ފޭރޭ ގްރޫޕުގައި ހިމެނޭ ދެ މީހަކު ދޫކޮށްލައިފި

އަލީ ސަމާޙް ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓަކަށް ފިރިހެނުން ގެންގޮސް ފޭރެމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

Ads by Hajj Corporation

މި ފަހުން ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސްޓޭޝަން އިންޗާޖް ރަޖިނީ ސުވައިދު ވިދާޅުވީ، ހިޔާ ފްލެޓްގެ H5-3-18 ނަންބަރު ފްލެޓަށް އޮޅުވާލައިގެން މީހުން ގެންގޮސް ބަރަހާނަކޮށް ބްލެކްމެއިލް ކޮށްގެން އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނު ފަދަ ތަކެތި ފޭރޭ މައްސަލަ އެއް އެ ޕޮލިސްޓޭޝަނުން ބަލަމުން އަންނަ ކަމަށެވެ.

މިހާތަނަށް އޭގެ ފަސް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ރަޖިނީ ވިދާޅުވީ އެވެ. އެކަން ކުރަމުންދަނީ އެ އެޕާޓްމެންޓުގައި ދިރިއުޅޭ ބަޔަކާއި އެޕާޓްމެންޓަށް ވަދެ ނިކުމެ އުޅޭ ބަޔަކާއި ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ:

  1. އައިމިނަތު ހުމައިނާ ޒަކަރިއްޔާ (24އ)، މ. ގޮއިބިލިގަސްދޮށުގެ
  2. އާޔަތު އައްބަސް (30އ) ދަފްތަރު ނަންބަރު ދރ 1835
  3. މުހައްމަދު އާދަމް (43އ) ޕެލަސް ހައުސް، ގއ. ދާންދޫ
  4. ސަމާހު އަލީ (31އ) ގ. ކަނދުމާގެއާގެ
  5. މުހައްމަދު މުނީރު (35އ) ސަންފްލާވާ، ދ.ކުޑަހުވަދޫ
  6. އަހުމަދު މާޖިދު (33އ)، ކިފާޒް/ނ. ވެލިދޫ
  7. އަހުމަދު މަދީހު (34އ)، މ. ސީނަރީވިއު/ކ. މާލެ

ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ މަދީހު 15 ދުވަހަށް ބަންދުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ހުމައިނާ އަކީ މާބަނޑު އަންހެނަކަށްވާތީވެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް ކޯޓަށް ނުގެންގޮސް އޭނާވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo
  1. މާބަނދޑަސް ހެވެއްނު، އޭނައަށް އެގޮތައް އުޅެން ކެރެންުޔާ ކަނާބެހޭފަރަަތް ތަކުން އޭނަ ދޫކޮއްލާކަށް ނުޖެހޭ