ޚަބަރު

ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދިނީ މީގެ ކުރިން ދިވެހިންނަށް ނުލިބޭ ފަދަ ލުއި ފަސޭހަ އިންތިޒާމްތަކެއް: ޝުޖާއު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދިނީ މީގެ ކުރިން ދިވެހިންނަށް ނުލިބޭ ފަދަ ލުއި ފަސޭހަ އިންތިޒާމްތަކެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝުޖާޢު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ޚައްޖުގެ މަތިވެރި އަޅުކަމަށް ⁦‪ޙައްޖު ކޯޕަރޭޝަނުން‬⁩ ވީތައްޔާރީ ތަކަކީ މީގެކުރިން ދުވަހަކުވެސް ދިވެހީންނަށް ޚައްޖުގެ އަޅުކަން އަދާކުރުމަށް ނުލިބޭފަދަ ލުއި ފަސޭހަ އިންތިޒާމު ތަކެއް ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މިއަޅުކަން އަދާކުރި ދިވެހި ހައްޖާޖީންގެ ކަންކަން އިންތިޒާމް ކުރުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތްކުރެއްވި އިސްލާމިކް މިނިސްޓަރ ‬⁩ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ޚައްޖު ކޯޕަރޭޝަންންގެ މެނޭޖިންގ ޑިރެކްޓަރ ⁦‬⁩މުހައްމަދު ޝަކީލް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވެފައިވާއިރު އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު ވެސް ހައްޖުގެ އަޅުކަން އަދާކުރަން ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވުނު ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ޝަކީލް ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު، ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1،150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވެފައި ވަނީ އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތަންމެ ފުރިހަމަ ކުރަން އުޅުނަސް އުނިކަން ހުންނާނެ ކަމަށެވެ. ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަންނަ އަހަރަށް އެ ކަންކަން ރަނގަޅު ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

  1. ޙައްޖާޖީ

    1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރި މީހެއްގެ ހައިސިއްޔަތުން ބުނެލާނީ އެ އަހަރުގެ ޚައްޖުގެ މަތިވެރި އަޅުކަމަށް ⁦‪ޙައްޖު ކޯޕަރޭޝަނުން‬⁩ ގެންގޮސްފައިވަނީ ވަރަށް ފުރިހަމަ އަށެވެ. އެ ކޯޕަރޭޝަންގެ އެހީތެރިކަން އެއް އަހަރުން އަނެއް އަހަރަށް ފުރިހަމަވުމަކީ ކޮންމެ ރައްޔިތަކުވެސް އެދެން ވާނެއެވެ. جَزَاكَ ٱللَّٰهُ