ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި ދުއްވާފައި ދިޔަ ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ, އޭނާ ސައިކަލާއެކު މޫދަށް ވެއްޓިގެން އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާ ދޭން ފެށި ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 21:15 ހާއިރު ކަމަށެވެ.
ހެލްތް ސެންޓަރުގައި އެ މީހާއަށް ފަރުވާ ދެނިކޮށް ހަމަ ރޭގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް ނޮޅިވަރަމް ސިއްހީ މަރުކަޒާ ހަވާލާ ދީ ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހިއްސާއެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މީހާ ނިޔާވި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަދި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.