ފިޔޯރީން 8 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ގދ. ފިޔޯރީން 8 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ފިޔޯރީ، ފިނިވިލާގެ، މަރިޔަމް މީނާލް އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފިޔޯރިީން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މިރޭ 7:08 ހާއިރު ލިބިފައިވާ ކަމަށެވެ.
މީނާލް އެންމެ ފަހުން ފެނިފައިވަނީ ފަހެއް ޖެހިއިރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނަށް ރަށު ރައްޔިތުންނާ ގުޅިގެންދަނީ ކުރަމުންނެވެ.
ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު "ދެން" އަށް ވިދާޅުވީ ގްރޭޑް 3 ގައި ކިޔަވާ މީނާލް ހޯދުމުގެ މަސައްކަތުގައި ފަރެސްމާތޮޑާ ރައްޔިތުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެ ކުއްޖާ ފެނިފައިނުވާ ކަމަށެވެ.