Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ މުހިއްމު ކަމެއް އޮވެގެން ނުވާނެ: މައުރޫފް

މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ މުހިއްމު ކަމެއް އޮވެގެން ނުވާނެ: މައުރޫފް

މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމަށްވުރެ މުހިއްމު ކަމެއް ސަރުކާރަށް އޮވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އިއްޔެ ވިދާޅުވެއްޖެ އެވެ.

އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީ ދޮށުގައި މަސްވެރިން އިހުތިޖާޖު ކުރަމުންދާތާ ދެ ދުވަސް ވެއްޖެ އެވެ. އިހުތިޖާޖުގެ ބައވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށްވެސް އެ މީހުން ދަނީ ގޮވާލަމުންނެވެ. އިހުތިޖާޖާ ގުޅިގެން އައްޑު ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ވަނީ ހުއްޓިފަ އެވެ.

މެންބަރު މަޓޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން، މަސްވެރިންގެ އިހުތިޖާޖުތަކަށް އެދެވޭ އިޖާބަދީ މަޝްވަރާގެ މަތިން ޑިމާންޑްތަކަށް އަވަސް ހައްލެއް ހޯދައި ދޭންޖެހޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އައްޑޫ މަސްވެެރިންނަށް ވަގުތުން ވަގުތަށް ދޭންޖެހޭ ފައިސާދިނުމަށްވުރެ މުހިންމުކަމެއް ސަރުކާރަށް އޮވެގެންނުވާނެ" މެންބަރުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ކަންކަން ބަލައި އަޑުއަހަމުން ކަމަށެވެ. އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ހިއްސާ ކުރަމުންދާ ކަމަށް ޝިޔާމް، 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ މަސްވެރިންނަށް ނުދެވި އޮތް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ މި މަހުގެ 13 ގެ ނިޔަލަށް މަސްވެރިންނަށް ދޫކުރާނެ ކަމަށް ބުނެފަ އެވެ. އަދި ނުދެވި ހުރި ބާކީ ފައިސާ އެއްކޮށް ދައްކައި ހަލާސްކުރަން މަސައްކަތް ކުރަމުން ދާކަމަށް އެކުންފުނިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 250 އަށްވުރެއް ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. މިފައިސާ އެއްކޮށް ދައްކައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަލާސްކޮށްފަ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް