ޚަބަރު

ޖަލީލްދީދީ މިސްކިތު ތަޅުގައި އަލިފާން ރޯކުރަން މަސައްކަތްކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

މާލޭ ޖަލީލުދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކޮށް ގެއްލުންދޭން މަސައްކަތް ކޮށްފިއެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލުން މިރޭ ވަނީ މިސްކިތު ތަޅުގައި ރޯކުރަން މަސައްކަތް ކޮށްފައިވާ ފޮޓޯތައް 'އެކްސް' ގައި އާންމުކޮށްފައެވެ.

ތަޅުގައި ރޯކުރަން މަސައްކަތް ކޮށްފައިވަނީ ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.

ސިޓީ ކައުންސިލުން ބުނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.

އޭގެ ތެރޭގައި މިސްކިތްތަކުން ވަގަށް ނެގި މި މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!