މަސައްކަތް އަލުން ފަށާ، ޑިސެމްބަރަށް ރަސްމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކާ ނިންމާލަނީ
މި ސަރުކާރުން ކުރިޔަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ, ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަންނަ މަހު އަލުން ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ, ސަރުކާރު ކޯލިޝަންގެ މައި ޕާޓީ, ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ, ޤައުމީ ބޮޑެތި މައްސަލަތައް ފިޔަވާ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާއާއި ގެދޮރުވެރިކަން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ގެދޮވެރިކަމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ ރަސްމާލޭގެ މަޝްރޫއު އަންނަ މަހުގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މިގެންދަނީ ވަރަށް ބާރު ސްޕީޑެއްގައި. އިރާދަ ކުރެއްވިއްޔާ މިއަންނަ މަހުގެ ތެރޭގައި, މިހާރު މަޑުޖެހިފައި މިއޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރީ-ސްޓްޓާވެ, އަލުން ފެށޭނެ." ރައީސް ވިދާޅުވީ ފުރަތަމަ ވެސް ޕްލޭން ކުރި ގޮތަށް 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމާނެ ކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ހަދަން ކުރިން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާތީ އެ ކުންފުންޏާއެކު ކުރިޔަށް ނުދާން ސަރުކާރުން ވަނީ ނިންމާފައެވެ.
ބިމެއް ކުއްޔަށް ދީގެން ރަސްމާލެ ހިއްކަން އޭރު ނިންމީ, އެ ފަޅު ހިއްކަން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ، ކުރިން އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން އެކަން ބަޖެޓުން އުނިކުރުމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އިޤްތިޞާދު ހަރުދަނާ ކުރަމުން, ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ވެސް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި އަތޮޅުތެރޭގެ ރަށްތަކުން ހިއްކަން ހަމަޖެހިފައިވާ ތަންތަން ވެސް ހިއްކާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ކޮންމެ މީހަކު އަރާ ތަނެއް ހިއްކުމުގެ ބަދަލުގަ ހިއްކާފަ އޮތްތަންތަނުގައާއި ބިން އޮތް ރަށްރަސުގައާއި ތަންތަނުން ގޯތި ދީ ފްލެޓް އަޅާބަލަ