ޚަބަރު

ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަން ނިންމައިފި

އައިކާ ޔުނާން ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު

ދައުލަތުގެ ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއްގެ އިތުރުން މީޑިއަމް ޓާމް ރެވެނިއު
ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Sosun Fihaara

ވަޒީރުންގެ މަޖިލީހުންގެ އިއްޔެގެ ޖަލްސާގައި ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން އެކަމަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ މީގެ ދަށުން ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާނެ ކަމަށެވެ.

އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށް ވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިހާރު ވެސް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

  1. ޢަމްދާ

    ޥަރަށް ބެސްޓް ކަމެއް ރައީސް