Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަލި ފެތުރޭ ނަމަ މައުލޫމާތު ހިއްސާކުރާނަން: އެޗްޕީއޭ

ބަލި ފެތުރޭ ނަމަ މައުލޫމާތު ހިއްސާކުރާނަން: އެޗްޕީއޭ
ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި، ގައިން ގަޔަށް އަރާ "އިންވޭސިވް މެނިންގޯކޮކަލް" ރާއްޖޭގައި ފެތުރޭނަމަ މައުލޫމާތު ހިއްސާކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެނެ މި ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވެފަ އެވެ. ބަކާ، އަށް ފަރުވާދޭން ފެށީ ގަދަ ހުމެއް ޖެހިގެންނެވެ. ބަކާއާ ގާތުން އެއްތަންވި މީހުން ހޯދުމުގެ މަސައްކަތުގެ ޓްރޭސިން ހަދައި ނިންމާފައިވާ ކަމަށް އެޗްޕީއޭއީ އިން ރޭ ވަނީ ބުނެފަ އެވެ. އެ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރި ވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދޭން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. މި ކޭސްއާ ގުޅިގެން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތްތޯ "ދެން" އިން ސުވާލުކުރުމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލް ފޮނުވި ޓެކްސްޓް މެސެޖެއް ވިދާޅުވީ އެކަން ފާހަގަކުރެވޭނަމަ ހިއްސާކުރަމުންދާނެ ކަމަށެވެ. "ބަލި ފެތުރޭ ކަމަށް ފާހަގަކުރެވޭނަމަ އެޗްޕީއޭއިން އެކަމާ ބެހޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުންދާނަން" އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާލަތު ބަލައި މޮނިޓާކޮށް، ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭ އެންމެހާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ކޭސްއެއް ރިޕޯޓްކޮށްފައިނުވާ ކަމަށްވެސް އެޗްޕީއޭއީއިން ބުންޏެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތައް:

  • ބޮލުގައި ރިއްސުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
  • ފިޓު ޖެހުން
  • އަލި ގަދަވުމުން އުދަގޫ ވުން
  • ވަރު ދެރަވުން
  • ނޭވާ އަވަސްވުން
ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް