ޚަބަރު

އާރްޑީސީގެ ހުޅުމާލެ ފެސިލިޓީގެ ބައެއް މުވައްޒަފުން ވަކިކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން
އާރްޑީސީން އަމީނީ މަގުގެ މަސައްކަތް ކުރިއަށްދަނީ /ފޮޓޯ: އާރްޑީސީ

ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

Ads by STELCO

އާރްޑީސީން މިއަދު އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި އިންޓަނަލް މެމޯއެއްގައި ބުނެފައިވަނީ މުވައްޒަފުން ވަކިކުރަން ނިންމާފައިވަނީ އެ ފެސިލިޓީ ހިންގަމުންދާ ބިމަކަށް ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބޭނުންކުރަން ނިންމާފައިވާ ބިމަކަށް ވާތީ އެ ތަން ބަންދުކުރާތީ ކަމަށެވެ.

އޭގެ އިތުރުން ފެސިލިޓީގައި ހިންގަމުންދިޔަ ވިޔަފާރި އަކީ ގެއްލުމުގައި ކުރާ ވިޔަފާރިއެއް ކަމުގައި ވެސް މެމޯގައި ބުނެފައިވެއެވެ.

މެމޯގައި ބުނެފައިވަނީ އެ މުވައްޒަފުން ވަކިކުރާނީ ވަޒީފާއާ ބެހެ ގާނޫނާ އެއްގޮތަށް ވަޒީފާއިން ވަކިކުރާ ކަމުގެ ނޯޓިސް ދީ މުވައްޒަފު މަސައްކަތް ކުރި މުއްދަތަށް ބަލައި ނޯޓިސްގެ މުއްދަތަށް މުސާރައަށް ވާ ފައިސާ ދިނުމަށްފަހުގައެވެ.

ގިނަ މުވައްޒަފުންތަކަކާއެކު ހިންގަމުން އަންނަ އާރްޑީސީއަކީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑި އަޅާލާފައިވާ ކުންފުންޏެކެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ ކުންފުނީގައި 200 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް ކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.

އެ ކުންފުނީގެ 1800 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!