ޚަބަރު

މެނިންގޯކޮކަލް ކޭސް: ކޮންޓެކްޓުންގެ އަދަދު 46އަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ މިންގަނޑާ އެއްގޮތައް މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އެ ވޭދަނައާ ގުޅޭ ހުރިހާ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 46 މީހުން ކަމަށާއި އެ އަދަދު އިތުރުވާނެ ކަމަށް ނުބެލެވޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެ ފަރާތްތަކުން، ބަލި ނުފެތުރޭނެގޮތަށް ދީފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިރުޝާދުދީފައެވެ.

"މި ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން އައިޑެންޓިފައި ކުރެވިފައިވަނީ. އިތުރު ނުވާނެކަމަށް ލަފާކުރެވެނީ” އަޝްރަފް ވިދާޅުވިއެވެ.

މެނިންޖައިޓިސްގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބަލަނީ:

  • ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާއި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނައިރު ވަންދެއް ދަތުރުކޮށްފައިވާ މީހުން
  • ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން

ބަލީގެ އަލާމާތްތައް:

  • ބޮލުގައި ރިއްސުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
  • ފިޓުޖެހުން
  • އަލި ގަދަވުމުން އުނދަގޫވުން
  • ވަރުދެރަވުން
  • ނޭވާ އަވަސްވުން

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެއެވެ. އެއީ ލޭގެ އިންފެކްޝަން އަދި ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަންއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!