މެނިންޖައިޓިސް ނުފެތުރޭ، އާއްމުކޮށް ވެކްސިން ޖަހާނެ ހާލަތެއް ނެތް: މިނިސްޓްރީ

ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި، ގައިން ގަޔަށް އަރާ "އިންވޭސިވް މެނިންގޯކޮކަލް" ރާއްޖޭގައި ފެތުރެމުން ނުދާތީ އާއްމުކޮށް އެ ވެކްސިން ޖެހުމުގެ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެން މި ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ. އޭނާއާ ގާތުން އެއްތަންވި މީހުން ހޯދުމުގެ މަސައްކަތުގެ ޓްރޭސިން ހަދައި ނިންމާފައިވާއިރު، އެ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރި ވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދޭން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، އިންވޭސިވް މެނިންގޯކަލް ބަލި ފެތުރެމުންދާކަމަށް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ބައްޔަށް ޖަހާ ވެކްސިން އާއްމުކޮށްވެސް، އަދި ސިއްހީ ހިދުމަތްތެރިން ވެސް ޖެހުމުގެ ހާލަތެއް ނެތް ކަމަަށެވެ.
އެކަމަކު، ބަލި ޖެހުމަށް 'ހައިރިސްކު' ބައެއް ގްރޫޕުތަކުން ވެކްސިން ޖަހަން ޖެހޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެއީ:
- ހައްޖު ނުވަތަަ އުމްރާގެ އަޅުކަން އަދާކުރުމަށްފަަހު އެނބުރި އައި މީހުން
- މެނިންގޯކަލް ބަލީގެ ކޭސްތައް ފެންނަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތައް
- ބަލި ހުންނަ ފަރާތްތައް






ކޮމެންޓް