މެންބަރުންނަށް ލިބޭ އެހެނިހެން އިނާޔަތްތައް ކަނޑާލަން ތައްޔާރު: ކުޑޫ

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ އިތުރަށް ލިބޭ އެހެނިހެން ހުރިހާ އިނާޔަތްތަކެއް ކަނޑާލަން ތައްޔާރު ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ކުޑޫ "އެކްސް" ގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން, މަޖިލިސް މެމްބަރެއްގެ ގޮތުން ލިބޭ މުސާރައިގެ އިތުރުން އެހެނިހެން އިނާޔަތްތައް ކުޑަކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާތީ މާލީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން ދަނީ ހަރަދު ކުޑަކުރަން އެކި ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް އޮތް ކަން ހާމަކުރަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރަކު މިގޮތަށް ގޮވާލި މިއީ ފުރަތަމަ ފަހަރެވެ.
މެންބަރުންނަށް މުސާރައިގެ އިތުރުން ކޮމިޓީ އެލަވަންސާއި މުޅި އާއިލާއަށް މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.
މެމްބަރުންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދެނީ އާސިއާން ގައުމުތަކުންނެވެ. އެއީ ބްރޫނާއީ، ބަރްމާ، ކެމްބޯޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ފިލިޕިންސް، ސިންގަޕޫރު އަދި ތައިލޭންޑުވެސް ހިމެނޭ އެސޯސިއޭޝަން އެކެވެ. މި އެސޯސިއޭޝަންގައި ހިމެނޭ ގައުމުތަކުން މަޖިލިސް މެމްބަރުންނަށް ހާއްސަ މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދެނީ ދައުލަތުގެ ބަޖެޓުން ހަރަދުތަކެއް ކޮށްގެންނެވެ.