ޚަބަރު

ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް

އަލީ ސަމާޙް ، ދެން އޮންލައިން
މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒު

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އެ މައްސަލަގާއި ހިމެނޭ އިތުރު އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 7 ދުވަސް ދީފި އެވެ.

Ads by MWSC

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބޭއްވި މިއަދުގެ އަޑު އެހުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު ކޯޓުން ނިންމީ އެ ދެމީހުންގެ ބަންދަށް އިތުރު 7 ދުވަސް ދިނުމަށެވެ. އެނގިފައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރި ދެ ވަނަ އަންހެން މީހާއަކީ ޝަމްނާޒުގެ ކޮއްކޮ ހައްވާ ސަނާ ސަލީމް އެވެ.

ރައީސް މުހައްމަދު ޑރ. މުއިއްޒުއާ ގާތް ވާން ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެމައްސަލައާ ގުޅިގެން ޝަމްނާޒު ދިރިއުޅޭ އެޕާޓްމެންޓު ބަލާ ފާސްކުރިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ފެނިފައިވާކަމަށްވެ އެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ދެ އަނބިކަނބަލުންގެ ތެރެއިން އެކަކެވެ. އެހެންނަމަވެސް މިހިނގާ ޖޫން މަހުގެ ތެރޭގައި އޭނާ ވަރިކޮށްފައިިވާކަމަށް މައުލޫމާތު ލިބެ އެވެ. ރަމީޒު ވެސް މިހާރު ހުރީ ސަސްޕެންޝަންގަ އެވެ.

Ads by Allied Insurance