Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަލުން 29 ފޯނާއި އެއާ ގުޅޭ ސާމާނު ހޯދައިފި

ޖަލުން 29 ފޯނާއި އެއާ ގުޅޭ ސާމާނު ހޯދައިފި
މާފުށި ޖަލުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން އަތުލައިގަނެފި އެވެ. މާފުށި ޖަލަށް ގަވާއިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ މާފުށި ޖަލު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފަ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކަރެކްޝަނަލް ސާވީސްއާ އެމްއެންޑީއެފް ހިމެނޭހެން 304 އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ 183 ފުލުސް އޮފިސަރުންނާއި 81 ސިފައިންގެ އޮފިސަރުންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުންނެވެ. އޮޕަރޭޝަންގައި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވެ އެވެ. އަތުލައިގަތް ތަކެތި:
  • 29 މޯބައިލް ފޯނު
  • 17 ޗާޖަރު
  • 12 ހެޑް ސެޓް
  • 3 ޕެންޑްރައިވް
  • 3 އިއާ ޕޮޑް
  • 3 ކޭބަލް
  • 2 ސިމް ކާޑު
ފުލުހުންގެ ބުނީ 4 ބޮގަރު ފުޅިވެސް ފެނިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް