ޚަބަރު

ޗައިނާ ދަތުރަށް ހަރަދުކުރީ ސަރުކާރުނެއް ނޫން: މިނިސްޓަރު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް ހުއާވޭ ގެ ހެޑްކުއާޓާޒްގައި (ފޮޓޯ/ މިނިސްޓްރީ)

ލޯކަލް ކައުންސިލް، ސިޓީސް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޗައިނާއަށް ދަތުރުކުރެއްވީ، މޯބައިލް ނެޓްވޯކް އޮޕަރޭޓަރުން ތަމްސީލުކުރާ ޖީއެސްއެމްއޭގެ ދައުވަތަކަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިނިސްޓަރު މިގޮތަަށް ވިދާޅުވެފައިމިވަނީ، ޓެކްސް ޕޭޔަރުންގެ ފައިސާގައި ދައުލަތުގެ އިސްވެރިންނާއި ކައުންސިލްތަކުގެ ވެރިން ބޭރު ގައުމުތަކަށް "ޒިންމާދާރުކުޑަކޮށް" ދަތުރުކުރަމުންދާ ކަމުގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅުގަ އެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާ ޗައިނާއަށް ކުރެއްވި މި ދަތުރުގައި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާއި ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކުރުމާއި އެކަމުގައި އެހީތެރިވެވިވާދެ ގޮތްތަކާ ބެހޭ ގޮތުން ޖީއެސްއެމްއާ އާއި އަދި ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ހުއާވޭ އާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މި ދަތުރުގައި "ޓެކްސް ޕޭޔާސް ގެ ފައިސާ ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަރަދެއް ނުކުރަން" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަރީފް ޗައިނާއަށް ވަޑައިގެންނެވީ ޑިޖިޓަލް ޒަމާނުގައި އިތުބާރު ބިނާކުރުން (ސައިބާ ސެކިއުރިޓީގެ ވެށި ނެވިގޭޓްކުރުމަށް އައު ހައްލުތަކާއި ސްޓްރެޓެޖީތައް ބަލައި ދިރާސާކުރުން) އާއި ގުޅޭގޮތުން ބޭއްވޭ ޗައިނާ-އޭޕެކް "ކްލޯޒްޑް ޑޯ" ބައްދަލުވުމަށެވެ.

އޭނާ ޗައިނާއަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 26 ގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!