ޚަބަރު

ކައުންސިލުތައް އޮވެގެން ރަށަަކަށް އައި ތަރައްގީއެއް ނެތް: އައްބާސް

އަލީ ސަމާޙް ، ދެން އޮންލައިން
ވެލިދޫ ދާއިރާގެ މެންބަރު އައްބަސް މަޖިލީހުގެ ޖަލްސާއެއް ގައި

ކައުންސިލުތައް އޮވެގެން ރަށްރަށަށް އުމްރާނީ ގޮތުން އައި އެއްވެސް ތަރައްގީ އެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބަސް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އައްބާސް އެހެން ވިދާޅުވީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގަ އެވެ.

އޭނާ ވިދާޅުވީ ކައުންސިލުތައް އުފެއްްދީ "މާތް" މަގުސަދެއްގެ އިތުރުން މުހިއްމު ނިޔަތެއްގައި ކަމަށެވެ. ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުންވެސް ބޮޑު އަދަދެއް ދައުލަތުން ކައުންސިލަށް ލިބޭކަން އައްބާސް ފާހަގަކުރެއްވި އެވެ. ނަމަވެސް ކައުންސިލުތައް ވުޖޫދުވި ފަހުން ރަށްރަށަށް މާ ބޮޑު ތަރައްގީއެއް އައިސްފައިނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

"ނަމަވެސް ކައުންސިލުތައް އައިސްގެން، އިއްޒަތްތެރި ކައުންސިލު މެންބަރުން ތިއްބަވައިގެން ރަށްރަށަކަށް އައި އުމްރާނީ ތަރައްގީ ހަމަ އެއްވެސް ތަރައްގީ އެއް ނެތް" އައްބާސް ވިދާޅުވި އެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފަ އެވެ.

ކައުންސިލު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާ ގޮތުން ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނާނީ ގައުމީ ޔުނިވަސިޓީން ހަދާ ރިސާޗާއި އާއްމުންގެ ހިޔާލަށް ބެލުމަށް ފަހު އެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތަކެއް ހުރި ކަމަށާ، އެ ހުރިހައި ކަންކަމަށް ރިއާޔަތްކުރުން ވެސް ވަރަށް މުހިންމު ކަމުގައި ޝަރީފް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!