ޚަބަރު

ޝުޖާއު ވިދާޅުވަނީ ހިލޭ ޑިގްރީ އަކީ ބޮޑު ސްކޭމެއް ކަމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި 'ހިލޭ ޑިގްރީ ސްކީމް' ހިންގީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ސިފަކުރައްވައިފި އެވެ.

Ads by Hajj Corporation

ޝުޖާއު މިގޮތަށް ވިދާޅުވީ މަތީ ތައުލީމުގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ނެވެ. ޝުޖާއު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ހިލޭ ޑިގްރީ ސްކީމް ހިންގީ ޕްރައިވެޓް ކޮލެޖުތަކައް "އިނދަޖެހޭ" ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ކޯސްތަކުގެ އަގު ވެއްޓި ދައުލަތުން ކޮލެޖުތަކަށް ސަބްސިޑީއެއް ދޭން ޖެހުމުން ޕްރައިވެޓްކޮށް ތައުލީމު ފޯރުކޮށްދޭ ފަރާތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

" ޕްރައިވެޓް ކޮލެޖުތަކުގެ ހިންގަމުންދާ ކޯސްތަކުގެ އަގު ވައްޓާލާ 60 ޕަސެންޓަށް ސަބްސިޑީއެއް ދޭ އުސޫލުން ހިންގާފަ އޮތް ހިލޭ ޑިގްރީ ޕްރޮގްރާމެއް ހިންގާފަ އޮތީ. މިއެއް ނޫން މިކަން ކުރާ ގޮތަކީ. މީގެ ސަބަބުން ޕްރައިވެޓް ކޮލެޖުތައް އިނދަޖެހިގެން ދިޔަ މަންޒަރު މި ދިވެހި ރާއްޖެއިން ފެނިގެންދިޔައީ." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ގަބޫލުކުރައްވާ ގޮތުގައި އެހާ ގިނަ ދަރިވަރުންތަކެއް ބޭރު ގައުމުތަކަށް ތައުލީމު ހާސިލް ކުރަން ދަނީ   އެ ފުރުސަތުތައް ރާއްޖޭގައި މަދުވުމުން ނެވެ. އޭނާ ވިދާޅުވީ އަމިއްލަ ކޮލެޖުތައް ބާރުވެރިކުރުވުމުން މަތީ ތައުލީމަށް ދައުލަތުން ހޭދަ ކުރާ ފައިސާވެސް ބޭރު ގައުމަކަށް ފޮނުވުމުގެ ބަދަލުގައި ރާއްޖޭގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި ދައުލަތުން މަތީ ތައުލީމަށް ކުރަންޖެހޭ ހޭދަ ކުޑަވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!