ޚަބަރު

ފަހުވަގުތު ނެދަލެންޑްސް ރޮއްވާލުމަށްފަހު އިންގްލެންޑު ފައިނަލަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ފަހު ސިކުންތުގައި ނެދަލެންޑްސް ރޮއްވާލުމަށްފަހު އިންގްލެންޑުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ

Ads by Sosun Fihaara

މިރޭ ކުޅުނު ޔޫރޯ 2024 ގެ ސެމީ ފައިނަލް މެޗު އިންގްލެންޑުން ނެދަލެންޑްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ފަށައިގެން އިންގްލެންޑު ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް މެޗުގެ ހަތްވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ގޯލެއްޖަހައިފައެވެ. އޭރިއާ ބޭރުން ނެދަލެންޑްސްގެ ޒުވާން ފޯވާޑް، ޒަވީ ސައިމޮންސް ފޮނޔލުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ހާފު ތެރެއިން އިންގްލެންޑުގެ ހެރީ ކޭންއަަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެ ޓީމުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހަމަޖެހިލައިފައި އެ ޕެނަލްޓީ ޖެހީ ވެސް ކޭންއެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ނެދަލެންޑްސްއިން. ވަނީ ގޯލެއްޖެހުމާ ވަރަަށް ގާތަަށް ޖެހިލައިފައެވެ. ސައިމޮންންސް ނެގި ކޯނަރަކަށް އަރައި ބޮލުން ޑެންޒެލް ޑަމްފްރައިސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

އޭގެ ދެ މިނެޓު ފަހުން އިންގްލެންޑުގެ ފިލް ފޯޑެން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި އިންގްލެންޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކިތް ކޯލް ޕާމާ ދިން ޕާހަކުން އެ ގޯލު ޖެހީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮލީ ވަޓްކިންސްއެވެ.

މިރޭގެ މެޗުން މޮޅުވެ ޖެހިޖެހިިގެން ދެވަނަ ފަހަރަށް ޔޫރޯ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ. ސްޕެއިން ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ މެޗުގައި ފްރާންސް ބަލިކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!