Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕަށް އިއްޔެ ބަޑީގެ ހަމަލާ ދީފައިވަނީ ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. މި ހަމަލާގައި ވަޒަން އެރީ އެމަނިކުފާނުގެ ކަންފަތަށެވެ. ޓްރަމްޕަށް ދިން ހަމަލާ ކުށްވެރިކުރައްވަމުން ރަސްމީ އެކައުންޓުން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ހަމަނުޖެެހުންތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. ރައީސް ވަނީ ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ. https://twitter.com/MMuizzu/status/1812386060376354851

މި ހަމަލާގައި ޓްރަމްޕް ޒަހަމްތަކެއް ލިބުނު އިރު، އެމެރިކާގެ ސީކްރެޓް ސާވިން އިން ވަނީ  މަދު ސިކުންތުުކޮޅެއްގެ ތެރޭގައި ހަމަލާ ދިން މީހާގެ ގަޔަށް ބަޑިޖަހާ މަރާލާފަ އެވެ.

މި މައްސަލަ އެމެރިކާގެ ކަމާާގުޅުން ހުރި އިދާރާތަކުން ބަލަމުންދަނީ ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް