ޚަބަރު

ސޮއިކޮށްފަ ހުރި މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާއެއް ނެތް: ވަޒީރު 

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް

މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށްގެންދަން ފައިސާއެއް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ.

މުއްތޮލިބް ވިދާޅުވީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިނިސްޓްރީގެ ދަށުން ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 9 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ. އަދި މިއަހަރު ސޮއިކުރި މަޝްރޫއުތައް ހިންގަން ބޭނުންވާނަމަ ވެސް، 7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ލިބިފައިވާ ފައިސާއިން ސޮއިކޮށްފަ ހުރި މަޝްރޫއުއެއްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"ނަމަވެސް ބަޖެޓުގައި އަޅުގަނޑުމެންނަށް ލިބިފައި ހުރީ ގާތްގަނޑަކަށް 5 މިލިއަނާ ގާތްކުރާ އަަދަދަކަށް. އެހެންމަ މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށްގެންދެވޭ ވަރަކަށް ފައިސާއެއް ނެތް" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ މަޝްރޫއުތައް ހިންގޭނީ ދަރަނި ނަގައިިގެން ފައިސާ ހަމަޖެހުމުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރަށް އެ ފައިސާ ހޯދިގެން ކަމަށެވެ.

"ބަޖެޓުގައި 49 މިލިއަން ރުފިޔާ ފާސްކޮށްފަ އިނަސް، އޭގެ ވަރަށް ބޮޑު ބަޔަކީ ދަރަނި ނަގައިގެން ހަމަޖައްސަން ހުރި އެއްޗެހި. އެހެންމަ ފިނޭންސް މިނިސްޓްރީން އެ ފައިސާ ރެއިޒްކުރެވުނީމަ ނޫނީ އަޅުގަނޑުމެންނަށް ހަރަދެއް ނުކުރެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!