Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގިނަ އަދަދެއްގެ ފޯނާ އެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފޯނާ އެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ފޯނު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި ކަރެކްޝަން ސާވީސްގެ އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލައިފާސްކުރުމުގެ ތެރޭގައި ހައްޔަރުކުރި އޮފިސަރުގެ އަތުން ފޯނާއި ޗާޖަރު ހޯދާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ގައިދީންނަށް ފޯނު ފޯރުކޮށްދޭ މައްސަލާގައި ޖަލު އޮފިސަރަކު ހައްޔަރުކޮށްފައިވާއިރު ދާދި ފަހުން ޖަލުގެ 8 ޔުނިޓެއް ރެއިޑްކޮށް 29 ފޯނާއި އެއާއި ގުޅުންހުރި އިލެކްޓްރިކް ސާމާނުތަކެއް ހޯދާފަ އެވެ.

ގައިދީންނަށް މަސްތުވާތަކެތި ވިއްކާ، ކަރެކްޝަންސް އޮފިސަރުންގެ ނެޓުވޯކެއްވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. އެ ނެޓުވޯކްގައި ބައިވެރިވާ 18 އޮފިސަރަކު އަތުލައިގަނެފައިވެ އެވެ. އެއީ ޖޫނިއާ ރޭންކިންގައި ތިބި އޮފިސަރުންތަކެކެވެ.

އެ ހުރިހާ އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން މީގެ ކުރީން މިނިސްޓަރު އިހުސާން ވަނީ ހާމަކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް