ގއ. އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ފަށަން ސޮއިކޮށްފި

ގއ. އަތޮޅު ކައުންސިލާއެކު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަށް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި އެ އަތޮޅު ކައުންސިލްގެ ދެމެދު ފަހުމުނާމާގައި ސޮއި ކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރ) އިން ބުނެފައިވަނީ މިއަދު މި ސޮއި ކުރެވުނު ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާ އެކު ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
މި ސޮއި ކުރެވުނު ފަހުމުނާއާއެކު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށިގެން ދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ޑީއެންއާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ އެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ އެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން އެވެ.