ޚަބަރު

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ

ފާތިމަތު ނަޝްވާ ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެންފުޅު އަވަހާރަވެއްޖެ އެވެ.

Ads by Hajj Corporation

މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 80 އަހަރުފުޅުގައި، މުުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ސޯލިހުގެ މަންމާފުޅު އަވަހާރާވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދ މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އައިޝަތު ސޯލިހު އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސަނަލް ސެކެޓްރީކަން ކުރެއްވި ފާތިމަތު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) އަކީ މުއުމިނާގެ ބޭފުޅުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!