ޚަބަރު

މުލީގައި އިއްޔެއިން ފެށިގެން ކަރަންޓުގެ މައްސަލަތަކެއް

ފާތިމަތު ނަޝްވާ ، ދެން އޮންލައިން
މުލި މަތިން ނަގަފައިވާ ފޮޓޯއެއް... ފޮޓޯ/މޯލްޑިވްސް ވާޓުއަލް ޓުއާ

މ. މުލީގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެރަށުން ކަރަންޓު ކެނޑެން ފަށައިފިއެވެ.

Ads by STELCO

އެރަށުން "ދެން"އާ ވާހަކަ ދެއްކެވި ކައުންސިލަރަކު ވިދާޅުވި މައްސަލަ ދިމާވާން ފެށީ އިއްޔެ ހެނދުނުން ފެށިގެން ކަމަށެވެ.

"ކަރަންޓް ފުރަތަމަ ދިޔައީ އިއްޔެ ހެދުނު 8:15 ހާ އިރު" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބެއް ނޭގޭ ކަމަށާއި, އެހެންނަމަވެސް ރަށުގެ ފެނަކަ ޓީމުން ހުރިހާ މުވައްޒަފުން ނިކުމެ މައްސަލަ ހައްލުކުުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ރަށުން ކަރަންޓް ދެމުން ގެންދަނީ ރަށުގެ އެކި ޒޯން ތަކަށް ބަހާލައިގެން 30 މިނިޓުންނެވެ.

ކައުންސިލުން ވަނީ ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކޮށް, މިދަތި ދަނޑިވަޅުގައި އެކުވެރިކަމާއެކު ދައްކަމުންދާ ހިތްވަރަށް ޝުކުރު ދަންނަވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން "ދެން"އާ ވާހަކަ ދައްކަވަމުން ފެނަކައިން ބުނީ, މ.މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓުގެ ޙިދުމަތް ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ދިމާވި ވަގުތުން ފެށިގެން ފެނަކައިގެ ޓީމުތަކުން ދަނީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވއިެވެ.

"މިވަގުތު، އިތުރު 600 ކވ ގެ އައު ޖަނަރޭޓަރެއް ރަށަަށް ގެންދެވިފައިވާ އިރު، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް ދަނީ މަސައްކަތް ކުރަމުން." ފެނަކަ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

މި ހާލަތުގައި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް މަޢާފަށް ފެނަކައިން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!