ޚަބަރު

މުއްޔަށް އިތުރު ޖަނަރޭޓަރެއް ގެންގޮސްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މ. މުލި މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: އިމްތިޔާޒް އަފީފް

އިއްޔެ އިން ފެށިގެން މ. މުއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެރަށަށް އިތުރު ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޑެޓް އިން ހާމަކޮށްފި އެވެ.

Ads by MWSC

"ދެން"އަށް މިއަދު ފޮނުވި މެސެޖެއްގައި ފެނަކައިން ބުނީ މުއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން މެދުނުކެނޑި މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

"މިވަގުތު، އިތުރު 600 ކވ ގެ އައު ޖަނަރޭޓަރެއް ރަށަަށް ގެންދެވިފައިވާ އިރު، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދޭ" އޮފިޝަލް ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެރަށުގެ ކައުންސިލަރަކު ވިދާޅުވީ, އިއްޔެއިން ފެށިގެން ކަރަންޓު ފޯރުކޮށްދެމުން ދިިޔައީ ޒޯންތަކަށް ބަހާލައިގެން 30 މިނެޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިން ބުނީ ޖަނަރޭޓަރު އިންސްޓޯލްކޮށް, ހިދުމަތް ދެވެން ފެށުމުން އެރަށުގެ ކަރަންޓް ހިދުމަތް މުޅިން އެއްކޮށް ހައްލުވެގެންދާނެ ކަމަށެވެ.

Ads by Allied Insurance
  1. މުލީ މަސްވެރިން

    އިތުރު ޖަނަރޭޓަރެއް ގެނެސްފަހުންނަތާ ފަސްމަސް ވެގެން މި ދިޔައީ ހިންގަމުން ދިޔަ ޖަނަރޭޓަރު ހަލާކު ވުމުން އަލަށް ލިބުނު ޖަނަރޭޓަރުގެ ރޭޑިއޭޓަރު ނައްޓާ ބާޖަނަރޭޓަރު ހަދަން އުޅޭތާ 32 ގަޑި އިރުވެގެން ދިޔަ އިރު އަދިވެސް އަލަށް ގެނަ ޖަނަރޭޓަރު އިންސްޓޯލްކުރެވޭ ވަރެއް ނުވެ. މުއްޔަށް އިތުރު 3 ޖަނަރޭޓަރު ގެނެސްގެން އުޅެނީ އަމިއްލަ ބަޔަކު މުށިމަސް ބާނަންދާން މިއަދު ގަނެގެން ގެނަ 3 ކިލޯގެ 3 ޖަނަރޭޓަރު. މިގޮތަށް ހަބަރު ލިޔަން ހެޔޮ ނުވާނެ ރައްޔިތުން ހަނާވަނީ

  2. ދޮގު ހަބަރު ފަތުރާތީ ކޮމެންޓް ކުރީމަ ޖަހާކަށް ނުކެރޭ ދޯ ކައޭމެން ފޮނުވި ޖަނަރޭޓަރެއްތަ މިއަދުގެނައީ