Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ނިންމައިފި އެވެ.

އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅުއްވާފައިވަނީ އެކަމަށްޓަކައި ރައީސް ޑރ މުހައްމަދު މުޢިއްޒު، އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މި 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ރައީސް، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް އޮފީހުން ބުނީ މި ބޭފުޅުންނަށް އިނާމު ދެއްވާނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި،
ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތްކޮށްފައިވާ ބޭފުޅުންނަށް އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ދެއްވަން ފެށްޓެވި އިނާމެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް