Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫސިޓީގައި ފުލުހަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް

އައްޑޫސިޓީގައި ފުލުހަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް

އައްޑޫސިޓީގައި ފުލުހަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައްޑޫސިޓީ މަރަދޫ ފޭދޫގައި ކުޑަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ހިނގައިފައިވާ ގޮތުގެ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ސާފު ކުރަމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"އެގޮތުން މި މައްސަލައިގައި ފުލުހުން ޢަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ ފުލުސް މީހާ ވަނީ ކުޑަ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ ކުއްޖާއަށް އަނިޔާކޮށް، ލޮލަށް އިނގިލި ކޮށްޕައިލައި އަދި އެ ކުއްޖާގެ ކުރިމަތިފަރާތުގައި ވެސް ތަޅައި އަނިޔާ ކޮށްފައި ކަމަށެވެ. އަދި އެވާހަކަ ދައްކައިފި ނަމަ އަލުން ފުލުހަށް ހާޒިރުކުރާނެ ކަމަށް ބުނި ކަމަށް ވެސް ޕޯސްޓުގައި ލިޔެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް