ކުނި ނެގުން ދަންވަރަށް ބަދަލުކޮށް, ދުވާލު ވަގުތު ބޮޑެތި ވެހިކަލް ދުއްވުން މަނާ ކުރަނީ

މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް, މާލޭގައި ކުނި ނަގާ ގަޑިއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ލިޔެފައިވާ "މާލެ ފަހި" ޕްރޮގްރާމަައެވެ.
އަންނަ މަހު އެކަކުން ފެށިގެން އަމަލު ކުރަން ފަށާ ސިޔާސަތާއެކު, މާލޭގައި ކުނި ނަގާ ވަގުތު ރޭގަނޑު 10 އަކުން ފަތިހު ފަހަކަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ވަކި ސައިޒަކަށް ވުރެ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މުދާ އުފުލާނެ ގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ. ބޮޑެތި ވެހިކަލްތައް މާލޭގައި ދެން ދުއްވޭނީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށެވެ.
ރޯދަ މަހާ ދިމާކޮށް, ކުނި ނަގާ ވަގުތާއި ބަރު އުޅަނދު ދުއްވާ ގަޑިތަކަށް މިފަދަ ބަދަލުތައް ގެނެއެވެ. އެގޮތަށް އަމަލު ކުރާއިރު, މަގުތަކުގެ ޓްރެފިކް ފްލޯއަށް ރަނގަޅު ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެއވެެ.