ޚަބަރު

ފުއާދުގެ ބަޔޯގްރަފީ ރައީސަށް ހަދިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުއާދުގެ ބަޔޮގްރަފީ ރައީސަށް ހަދިޔާކުރަނީ/ ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް "ގޮތުގައި" ރައީސް ޑރ މުހައްމަދު މުއިއްޒުއަށް މިއަދު ހަދިޔާ ކުރައްވައިފި އެވެ.

Ads by Hajj Corporation

އެ ފޮތް ރައީސަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފަ އެވެ.

ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ ލިޔުއްވާފައިވާ 190 ސަފުހާގެ މި ފޮތުގައި، ގައުމީ ހިދުމަތްތެރިޔާ ފުއާދު ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު ހިމެނެ އެވެ.

އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުއާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމުއިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް އެ ފޮތުގައި ހިމެނެ އެވެ. މީގެ އިތުރުން އީސީ ގައި ފުއާދު ކުރެއްވި އާދަޔާހިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް އެ ފޮތުގައި ހިމެނެ އެވެ.

ތަޅަމުދިގޭ މުހައްމަދު ތައުފީގާއި ހާޖަރޭގޭ ސިއްތިގެ ފުއާދު ދިވެހީން ދަންނަން ފެށީ ތަފާސްހިސާބަށް ކުޅަދާނަ މީހެއްގެ ގޮތުގަ އެވެ. ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން އޭނާ ބޯހިމެނުމުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދެވި އެވެ. ސާކުގެ ސެކްރެޓިއޭޓުގައި ވެސް ވަޒީފާ އަދާކުރެއްވި އެވެ.

ދިވެހީންގެ އިހުތިރާމު އޭނާ އެންމެ ބޮޑަށް ހޯއްދެވީ އީސީ ގައި ކުރެއްވި މަސައްކަތުންނެވެ. ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ، ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ބާއްވަން ގާނޫނު ލާޒިމުކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު، ދިވެހި ތާރީހުގައި ވަނީ ލިޔެވިފަ އެވެ.

އެ ފޮތް ލިޔުއްވި ސާއިލު ވިދާޅުވި ގޮތުގައި ފުއާދުގެ ހިދުމަތްތެރި ހަޔާތަކީ ގިނަ އިބުރަތްތަކެއް ލިބެނެވި ކަމެކެވެ. އެ ގޮތުން، ސިޔާސީ ގޮންޖެހުންތަކާއި، ވާދަވެރިކަމުގައި ފިތި، އެކަށީގެންވާ ގޮތަށް މަސައްކަތްނުކުރެއްވޭ ހާލަތުގައި ވެސް ފުއާދު ދެއްކެވި ހިތްވަރު ފޮތުގައި ބުނެދީފައިވާނެ ކަމަށް ސާއިލު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!