ޚަބަރު

އެޗްއާރުސީއެމަށް ހަބީބު އައްޔަނުކުރަން ރުހުންދީފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އިސީގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: އިލެކްޝަންސް

ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

Ads by MWSC

އެޗްއާރްސީއެމްގެ މެންބަރަކަށް ހަބީބު އައްޔަނު ކުރަން ރުހުންދޭން ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ތިން މެންބަރަކު ވޯޓު ދެއްވި ދެކޮޅަށެވެ.

އެޗްއާރްސީއެމްގެ މެންބަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގައި 21 އަހަރު ދުވަސް ވަންދެން ހަބީބު މަސައްކަތް ކުރެއްވި އެވެ. އިދާރީ މުވައްޒަފެއްގެ ގޮތުގައި އެކޮމިޝަނާއި ގުޅިވަޑައިގެންނެވި ހަބީބު އެންމެ ފަހުން ހުންނެވީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!