Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަނަސްގެ މަރަށް ހަތް އަހަރު: އިންސާފު ނުލިބުމުގެ ހިތާމައިގައި މީދޫ މިރޭ އަނދިރި ވަނީ

އަނަސްގެ މަރަށް ހަތް އަހަރު: އިންސާފު ނުލިބުމުގެ ހިތާމައިގައި މީދޫ މިރޭ އަނދިރި ވަނީ
މީގެ ހަތް އަހަރު ކުރިން ރ. މީދޫ، ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލި މައްސަލާގައި އަދިވެސް އިންސާފު ނުލިބޭތީ މީދޫގެ މަގުތައް 15 މިނެޓަށް އަނދިރިކުރުމަށް އެ ރަށު ކައުންސިލުން ހަމަޖައްސައިފި އެވެ. އަނަސްގެ މަރަށް ހަތް އަހަރު ފުރިގެން ދިޔުމުން މިރޭ މީދޫގެ މަގުތަކުގައި ޖަހާފައިވާ މަގުބައްތިތައް ނިއްވާލުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 އިން ފެށިގެން 9:15 އަށެވެ. ވާދަވެރި ގޭންގެއްގެ މީހެއް ކަމަށް ހީކޮށް ގޭންގު ބަޔަކު ގޮސް އަނަސްއަށް ހަމަލާ ދިނީ މާލޭ މަގުމަތީ ހުއްޓައި ޖުލައި 31، 2017 ގަ އެވެ. އެ މައްސަލާގައި އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި ހަތް މީހަކަށް ދައުވާކުރި އެވެ. ކުޑަކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުން ނިންމީ ކުށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ހައި ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 18 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ހައި ކޯޓުގެ ހުކުމް އިއްވީ އޮކްޓޯބަރު 2022 ގަ އެވެ. ކްރިމިނަލް ކޯޓުގައި ބާކީ ތިބި ހަތް މީހުންގެ މައްސަލަ ބަލައި ނިންމީ ކުށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުން މިހާރު ވަނީ އެ ހަތް މީހުންގެ މައްޗަށް ދަށު ކޯޓުން ކަނޑައެޅި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ, ވެސްޓަންވިލާ, ހަސަން މަހްފޫޒާއި، ތ. ކިނބިދޫ, ގުލްފާމުގޭ, މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު މައްޗަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް