މާލޭގައި ބިދޭސީންތަކެއް މާރާމާރީ ހިންގައިފި

ބިދޭސީންތަކެއްގެ މެދުގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.
މާލޭގެ އަަސްރަފީ މަގުގައި ހިންގި މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:33 ހާާއިރެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މާރާާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފަވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"މި މަައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުންޏެވެ.