ޚަބަރު

 ރާއްޖޭގެ 60 އިންސައްތަ އަށް އުރީދޫއިން 5ޖީގެ ހިދުމަތް ފުޅާކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ދިވެހިރާާއްޖޭގެ 60 އިންސައްތަ އަށް އުރީދޫއިން 5 ޖީގެ ހިދުމަތް ފުޅާކޮށްފި އެވެ.

Ads by Sosun Fihaara

މިއަދު ފާހަގަކުރާ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައި އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އާ ހިދުމަތްތަކެއް އިއުލާނުކޮށްފަ އެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނީ 5ޖީގެ ހިދުމަތް ރާއްޖޭގެ 60 އިންސައްތަ އަށް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ފޭސް 3 ގަ 100 އިންސައްތަ ކަވަރޭޖް ހާސިލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

5ޖީގެ ހިދުމަތް ލިބޭނެ ރަށްތަކަކީ:

  1. އއ. ތޮއްޑޫ
  2. އއ. ރަސްދޫ
  3. އއ. މާމިގިލީ
  4. އދ. މަަހިބަަދޫ
  5. އދ. ދަނގެތި
  6. ބ. އޭދަފުށި
  7. ދ. ކުޑަހުވަދޫ
  8. ފ. ނިލަންދޫ
  9. ގއ. ވިލިނގިލި
  10. ގދ. ތިނަދޫ
  11. ހއ. ދިއްދޫ
  12. ހއ. އިހަވަންދޫ
  13. ހދ. ކުޅުދުއްފުށި
  14. ކ. ގުރައިދޫ
  15. ކ. މާފުށި
  16. ޅ. ހިންނަވަރު
  17. ޅ. ނައިފަރު
  18. ނ. ވެލިދޫ
  19. ރ. ދުވާފަރު
  20. ރ. އުނގޫފާ
  21. ސ. ހިތަދޫ
  22. މ. މުލަށް

އަހަަރީ ދުވަހާ ގުޅުވައި އެ ކުންފުނިން އިއުލާނުކުރި ހިދުމަތްތަކުގެ ތެރޭގައި 'ނުޖޫމް' ލޯޔަލްޓީ ޕްރޮގްރާމެއް އުރީދޫ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ހިމެނެ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑެއްގެ އިތުރުން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑަަށް ހާއްސަކޮށް  'ހެއްސަ ޑޭޓާ ' ޕްލޭނަކާއި ސޯޝަލް މީޑީއާގަ ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސަ 'އާޗާ ދަންދަންގެ ނަމުގައި އެލަވަންސެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ އިތުރުން، މުނިފޫހިފިލުވުމުގެ ގިނަ އެެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަަމަށްވާ އެންޓަޓައިނިއާވެސް ތައާރަފްކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!