ކުޅުދުއްފުށި ބޯޓު ޔާޑުގެ 95 އިންސައްތަ ނިމިއްޖެ، މި މަހު ހުޅުވޭނެ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިން ކުޅުދުއްފުށި ވިޔަފާރި ބަނދަރުގަ ގާއިމުކުރާ ބޯޓް ޔާޑްގެ މަސައްކަތުގެ 95 އިންސައްތަ ނިންމާލައިފި އެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނެއްގަައި ބުނީ މިހާާރު ކުރިއަށްދަނީ ވިޔަފާރި ބަނދަރު ހުންނަ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފުޓޫގެ އިމާރާތުގެ ފިނިޝިންގެ މަސަައްކަތްތައް ކަމަށެވެ. އަދި މި ހިނގާ އޮގަސްޓް މަހު އެތަނުގެ ހިދުމަތް ފެށޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
"ފިނިޝްގެ މަސައްކަތްތައް ނިންމައި ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެއެވެ" އެމްޕީއެލް އިން ބުންޏެވެ.
ޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހުއާއި ކުންފުނީގެ އިސްވެރިން ވަނީ އިއްޔެ އެ ސަރަހައްދަށް ޒިޔާރާތްކުރައްވާފަ އެވެ. މި ޒިޔާރާތުގަައި ވަޖީހު ވަނީއުތުރުގައި މެރިޓައިމްގެ ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ބޯޓު ޔާޑު ވެގެންދާނީ މެރިޓައިމް ހިދުމަތުގައި މުހިންމު ބަޔަކަށް ކަމަށެވެ.