ޚަބަރު

ކަަރަންޓު ބިލު ބޮޑުވާ ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހަދަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަޙްމީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.. ދެން އިމޭޖްސް

ކަރަންޓު ބިލު ބޮޑުވާ ގޭބިސީތަކުގެ ކަރަންޓު ބޮޑުވާ ސަބަބު ދިރާސާކުރުމަށް އެނާޖީ އޮޑިޓެއް ހެދުމަށް ސްޓެލްކޯ އިން ނިންމައިފި އެވެ.

Ads by MWSC

ސްޓެލްކޯއިން މިކަން ހާމަކުރީ ކަރަންޓު ބިލު ބޮޑުވުމުގެެ ޝަކުވާާ ބޮޑުވެ، ދިގުދެމިގެން ދިއުމުން އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި މަހު އެ ކުންފުނިން ދޫކުރި ބިލްތަަކުގެ 94 އިންސައްތަ ބިލު، މިދިޔަ މަހާ އަޅާބަލާއިރު ކުޑަ ކަމަށެވެ. އެހެން ނަމަވެސް މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ބިލް އަދިވެސް ބޮޑުކަން އޭނާ ކަަންބޮޑުވުމާ އެކު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް، މާލޭގެ 6 އިންސައްތަ ބިލް، އަދި ހުޅުމާލޭގެ 15 އިންސައްތަ ބިލް އިންތިހާއަށް ބޮޑު ކަަމަށެވެ.

މި މައްސަލަ ހައްލުކުރަން ސްޓެލްކޯއިން ވަނީ އެގޮތަށް ބިލު ބޮޑުވާ ގޭބިސީތަކުގެ އޮޑިޓެއް ހަދަން ނިންމާފަ އެވެ.

"އެހެންވެ އަޅުގަނޑުމެން ގަސްތުކުރީ އަަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާޓްމެންޓުތަކުން އަޅުގަނޑުމެން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާާނަން ކޮންތަންތަނަކަށްތޯ ވިސިޓް ކުރާނީ، ބިލު ބޮޑުވާ މި ދެންނެވީ ހުޅުމާލޭގެ 15އިންސައްތަ އަދި މާލޭގެ 6 އިންސައްތަ ގޭބިސީތަކަށް ވިސިޓްކުރަން މި ގަސްތުކުރީ. އެ އެޕާޓްމެންޓްތަކަށް ވިސިޓްކޮށްފަ އަޅުގަނޑުމެން އެނާޖީ އޮޑިޓެއް ހަދަން މި ނިންމީ." ފަހުމީ ވިދާޅުވި އެވެ.

އޭނާާ ވިދާޅުވީ، އެތަންތަނަށް ސްޓެލްކޯގެ ޓީމުތަކުން ޒިޔާރާތްކޮށް، ތަނުގެ ހާާލަތާއި ބޭނުންކުރާާ އާލާތްތަކުގެ އިތުރުން އިންސިއުލޭޝަން ހުރި ގޮތް ވެސް ބަލާނެ ކަމަށެވެ.

ކަރަަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ބޮޑުވެ އެވެ. ސްޓެލްކޯ އިން ބުނަނީ އެގޮތަަށް ބިލު ބޮޑުވަނީ އެ ދުވަސްވަރު ކަރަންޓު ބޭނުންކުރާ ވަރު އިތުރުވުމުން ކަމަށެވެ. އެކަަމަކު ހޫނު މޫސުން ނޫނަސް، މި ފަހަކަށް އައިސް ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުކަަމުގެ ޝަކުވާާތައް އާއްމުންދަނީ ކުރަމުން ނެވެ.

Ads by HDC
  1. ޚުރިން މަހައްވުރެ މި މަހު ބިލް ބޮޑު ދެން މީސަރުކާރުން ރާވައިގެން
    ކިރާކަމެއް ފަހްމީ މެން ސަރުގ