ޚަބަރު

ޕީކޭއާއި ތްރީ އިޑިއެޓްސްގެ ޕްރޮޑިއުސަރާ ފައިސަލް ބައްދަލުކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާއި ޓޫރިޒަމް މިިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ބައްދަލުކުރައްވައިފި އެވެ.

Ads by STELCO

ޕީކޭ އާއި ތްރީ އިޑިއަޓްސް ފަދަ މަޝްހޫރު ފިލްމުތައް ޕްރޮޑިއުސްކުރި ވިދޫއާ ބައްދަލުކުރައްވައި މިނިސްޓަރު ވަނީ ރާއްޖެއާ ގުޅިގެން މުސްތަގުބަލުގައި ޕްރޮޖެކްޓުތަކެއް ފަށަން މަޝްވަރާކޮށްފަ އެވެ.

ވިދޫއަކީ ބޮލީވުޑްގައި މަގުބޫލު ފިލްމުތަކެއް އުފައްދައި، ގިނަަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ފިލްމު ޑިރެކްޓަރެއްވެސް މެއެވެ.

މިނިސްޓަަރު ފައިސަލް އިންޑިއާއަަށް ވަޑައިގެން އުޅުއްވަަނީ  "ވެލްކަމް އިންޑިއާ'ޱ ގެ ނަމުގައި އެގައުމުގައި ކުރިއަށްގެންދާ ރޯޑް ރޭސްގައި ބައިވެރިވެވަޑައިގަންނަވާށެވެ. "ވެލްކަމް އިންޑިއާ" އަކީ އެމްއެމްޕީއާރުސީ އާއި ގެސްޓުހައުސް އެސޯސިއޭޝަން އަދި މަޓާޓޯ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި މިވަނީ ނިމިދިޔަ އަހަރު ރާއްޖޭގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާ ބޮޑުވަޒީރާއި ދެކޮޅަށް ކުރި ޓުވީޓުތަކެއްގެ މައްސަލަ ހޫނުވެ ރާއްޖެ ބޮއިކޮޓް ކުރަން ބޮޑު ސޯޝަލް މީޑިއާ ކެމްޕެއިނެއް އިންޑިއާގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އައި އިންޑިއާ ފަތުރުވެރިން ބޮޑުތަނުން ދަށަށް ދިޔަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!