ޚަބަރު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އެޅީމާ ކަންބޮޑުވަނީ ބައެއް ދިވެހިން

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ކޮންޓްރޯލާ އިމިގްރޭޝަން ޝައްމާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލަކުރަން ފަހަތަށް ނުޖެހޭނެ ކަމަށް

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ހޯދުމުގެ އޮޕަރޭޝަންގެ ދަށުން މިދިޔަ މަހު މާރުކޭޓުތަކެއް ބަލާ ފާސްކޮށް ގަވާއިދާާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހަައްޔަރުކުރުމުން އެމީހުންގެ ދިފާއުގައި ދިވެހިންގެ ފަަރާތުން އެ އިދާރާއަަށް ސިޓީ ފޮނުވި ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަަހީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޓީވީ ޕްރޮގްރާާމެއްގަައި ވާހަކަ ދައްކަވަމުން ޝަމްއާން ވަަނީ، ބޮއްސުންލާާފަައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން، ހާާއްސަކޮށް އެ އިދާރާާއިން ކުރަމުންދާާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ މާރުކޭޓުގެ ގޮޅިތައް ދޫކުރަަނީ ދިވެހިންނަށް ނަަމަވެސް، އެ ގޮޅިތަކުގައި ގިނަ ފަހަރު ބިދޭސީން ތިބޭ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހުގެ ފުރަތަމަ ކޮޅު ހިންގި އޮޕަރޭޝަންތަކުގަ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ އެގޮތަށް ވިޔަފާރިކުރަަމުން ދިޔަ ބިދޭސީންތަކެއް ކަމަށެވެ.

"ގަވާއިދާ ހިލާފަށް މިތާ ވިޔަފާރިކުރަަމުންދިޔަ ބިދޭސީންތައް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވުނީމަ ވަރަށް ގިނަ ދިވެހިން ހުރި ސިޓީލާފަަ. ތިމަންނަގެ ގޮޅީގަ ވިޔަފާާރިކުރަަން އިންނަ މީހާއޭ، ނުވަތަ ފާހަނައަށް ދިޔަ ވަގުތު އެތާގަ ލާރިމާރުކޮށްލަން އިން މީހާއޭ ތި ގެންދިޔައީ." ޝަމްއާާން ވިދާޅުވި އެވެ.

ޝަމްއާާން ވިދާޅުވީ، އޮޕަަރޭޝަންތައް ހިންގަނީ ވަރަށް ރޭވުންތެރިކަމާއި އެކު، އިންޓެލް ރިޕޯޓުތައް ވެސް ހެދުމަށްފަހު ކަަމަށެވެ. އެހެންކަމުން ގޯސްކޮށް ބަޔަކު އެ އިދާރާާގެ ބެލުމުގެ ދަށަށް ނުގެންދާނެ ކަަން އޭނާ ފާހަގަކުރެއްވި އެވެ،

"އެހެންމަ އަޅުގަނޑުމެން އެ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ ސަައްހަކަން ކަށަވަަރުކުރުމަށްފަހު އެ އޮޕަރޭޝަން ހިންގާފަ އެއޮތީވެސް ފުރަތަމަ ކަަމަކަށް." އޭނާ ވިދާޅުވި އެވެ.

ޖުލައި 7 ގައި ހިންގި އެ އޮޕަރޭޝަންގައި 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނަކު ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ އަނެއް ދުވަހު އެ ގޮޅިތައް ހުޅުވައިގެން ވިޔަފާރި ފެށުމުން އިމިގްރޭޝަނުން އަވަސް އޮޕަަރޭޝަނެއް ވެސް ހިންގި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!