ޚަބަރު

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އުޅޭތީ ޑްރައިވަރުން އަޑުއުފުލަނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޓެކްސީ ޓޯ ކުރާތީ, ޑްރައިވަރުން އަޑުއުފުލަނީ

ސަރުކާރުން ޓެކްސީ ހިދުމަތަށް ފަށަން އުޅޭތީވެ ޓެކްސީ ޑްރަވައިރުން ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަން ފަށައިފި އެވެ.

Ads by STELCO

ސަރުކާރުން މާލޭގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު ޓެކްސީ ލައިނެއް ތައާރަފުކުރުމަށް ނިންމައި އެކަން އިއުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އިފްތިތާހުކުރީ "މާލެ ފެހި" ޕްރޮގްރާމްގަ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް 15 ވަރަކަށް ޓެކްސީ ޑްރައިވަރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު އަޑު އުފުލި އެވެ.

އެތަނަށް އެއްވި މީހުންގެ ކަންބޮޑުވުމަކީ ޓެކްސީ ހިދުމަތަށް ސަރުކާރުން ނިކުންނާތީވެ އާއި ޕާކްކުރާނެ ތަނެއް ނުދައްކައި ޓެކްސީތައް ޓޯކުރާތީ އެވެ.

އެ އެއްވުމުގައި ވާހަކަދެއްކި ޑްރައިވަރަކު ބުނީ ގާނޫނު ތަންފީޒުކުރުމުގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރަމުންގެންދާ ކަމަށެވެ. އޭނާ ބުނީ ވަކި ބާވަތެއްގެ ވެހިކަލްތައް އަވަހަށް ރަޖިސްޓްރީކޮށްދޭ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަކަށް ގެންނަން ޖެހޭ ކަމަށް ބުންޏެވެ.

" އަޅުގަނޑުމެން މި ދަންނަވާ އެއްވެސް ކަންބޮޑުވުމަކަށް މިނިސްޓްރީއިން އިޖާބަދޭ ގޮތަކަށް ނޫން ހުރީ. އަޅުގަނޑުމެން ބޭނުންވަނީ ސީދާ މިނިސްޓަރު އަޅުގަނޑުމެންނާ ބައްދަލުކޮށް މިކަމުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ޖަވާބެއް ދިނުން" - ޓެކްސީ ޑްރައިވަރެއް

އަދި ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލި އެވެ.

މިހާރުގެ ސަރުކާރުން ވެރިކަމަށް އައީ އުޅަނދު ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އުނދަގޫވާ ގޮތަށް ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތައް އަންނަނީ ޓޯ ކުރަމުންނެވެ.

އެގޮތުން ސައިކަލާއި ޓެކްސީ އަދި ގިނަ އަދަދެއްގެ ރޭސް ކާރުތައްވެސް ޓޯ ކޮށްފައިވާއިރު އެކަމާ ގުޅިގެން ރޭސިން ކޮމިއުނިޓީއިން ވެސް މީގެ ކުރިން ވަނީ މުޒާހަރާކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!