ސިޔާސީ މީހުންގެ އަދަދު 500އަށް ވެސް ނާރާ: އިބްރާހީމް މުޙައްމަދު
ސަރުކާރުގެ ވުޒާރާތަކާާއި ކުންފުނިތަކަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުން ގިނަތޯ ބަލަމުންދާ ކަމަށާއި، ބޭނުންވާވަރަށް ވުރެ މަދު ނަމަ މުވައްޒަފުންގެ އަދަދު އިތުރުކުރައްވާނެ ކަަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ޖަނާބު އިއްބެ) ވިދާޅުވެއްޖެ އެވެ.
ޖަނާބު މިގޮތަށް ވިދާޅުވީ، 'ދެން' ގެ "ހަވާސާއިން ބޭރުން" ޕޮޑްކާާސްޓަށް ވަޑައިގެން ދެއްކެވި ވާހަަކައެއްގަ އެވެ.
އޭނާ ވިދާޅުވީ، ފާއިތުވި ސަރުކާރުތަކާ އަޅާބަަލާާއިރު މި ސަރުކާާރުގެ ސިޔާާސީ މަގާމުތައް މަދުކަމަށެވެ. އެގޮތުން، ނިމިދިޔަ ރައީސް އިބްރާާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 1028 ސިޔާސީ މުވައްޒަފުން ތިބި ކަމަށާއި، އެއާ ހިލާފަށް މި ސަރުކާާރުން ދީފައިވާާ ސިޔާސީ މަގާމުތަކުގެ އަަދަދު 500 ވެސް ހުރަސްނުކުރާ ކަަމަށެވެ. އަދި އެއީ ފާާހަގަކުރަަންޖެހޭ ކަަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
ޖަނާބު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯއާއި ވައުދުތައް ތަންފީޒުކުރަަން ބޭނުންވާ މުވައްޒަފުންގެ އަަދަދު އެނގޭނީ އެއިރެއްގައި އޮންނަ ސަރުކާާރަކަށް ކަމަށެވެ. އަދި މި ސަރުކާރުން އެކަން ކުރަނީ، ކުރީ ސަރުކާރާ ހިލާފަށް ފައިސާ ވެސް ޗާޕުނުކޮށް ކަަމަށެވެ.
"އިދިކޮޅު ބޭފުޅުން ސިޔާސީ މީހުން ތިބެގެން ޝަކުވާއެއް ނޫންކުރަންވީ. ތިބޭފުޅުން ވިދާޅުވާންޖެހޭނީ ތިމަންނާމެންގެ ސަރުކާރަށް ވުރެ އެތަން މިތަން މަދޭ. އެއީ ރަނގަޅު ފިޔަވަޅެކޭ." އޭނާާ ވިދާޅުވި އެވެ.
މެމްބަަރު ވިދާޅުވީ، ސިޔާސީ މުވައްޒަފުން މަދުކުރުމާ ގުޅިގެން މަޝްވަަރާތައް އެބަކުރެވޭ ކަމަށެވެ. އަދި މުވައްޒަފުން މަދު ނަމަ، ސަރުކާރުން އިތުރު މަގާާމުތައް އުފަައްދާނެ ކަމަށް ވިދާޅުވި އެވެ.
"ދެން މިހާާރު ތިބި މީހުން އިތުރަށް މަދުކުރަަންވީތޯ ނޫންތޯ އެއީ ކަންނޭނގެ އަޅުގަނޑުމެންގެ ސަރުކާރުން ވިސްނަންޖެހޭނެ ކަަމަަކީ. ހަގީގަތުގައި އެކަމާ މެދު މަޝްވަރާކުރެވެމުންދަނީ، އިތުރުތޯ ނޫންތޯ. އިތުރުވެއްޖިއްޔާ މަދުކުރަައްވާނެ. މަދިއްޔާ އިތުރުކުރައްވާނެ." ޖަނާބު ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ ދަށުގައި ހިފެހެއްޓުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެން ނަމަވެސް މިނިސްޓްރީތަކާއި ކުންފުނިތަކަށް ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާތީ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މި ސަރުކާރުގެ ސިޔާސި މަގާމުތަކުގެ އަދަދު ރަސްމީކޮށް އަދި މީހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެ އަދަދުތައް ހާމަކުރާނެ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.
ދޮގު ހަދާވަރު ދެކިބަލަ. ޕިސް ޕިސް