ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން 23,000 މީހަކަށް ލިބޭ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޕެންޝަން އޮފީހުން މައުލޫމާތު ދޭން ބޭއްވި ސެޝަނެއްގެ ތެރެއިން/ ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަންގެ ގާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން، 23,000 މީހަކަށް ލިބޭ ކަމަށް ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

Ads by STELCO

ފެންޝަން އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ ކޮމިޓީއަށް އެ އޮފީހުގެ ވެރިން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

ޕެންޝަންގެ ގާނޫނުގައި އޮންނަނީ ދެ ސްކީމެކެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނާއި މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމެވެ.

އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް އުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.

ކޮމިޓީގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި މަހަކު 100 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ކަމަށެވެ. އަދި އެ ޕެންޝަނުން އުމުރުން ދުވަސްވީ މީހުންގެ 99 އިންސައްތަ ކަވަރުކުރާ ކަމަށެވެ.

އަދި ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 143 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝުޖާތާ ވިދާޅުވި އެވެ.

ރާއްޖޭގެ ޕެންޝަންގެ ނިޒާމް ރިފޯމްގެ މަސައްކަތް ފެށީ 2005 ވަނަ އަހަރު އެވެ. އެކަމަކު ޕެންޝަން ގާނޫނެއް އުފަންވީ 2009 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން އަދި މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ތައާރަފް ކުރި އެވެ.

2009 ވަނަ އަހަރުގެ ކުރިން ޕެންޝަންގެ ދެމުން އައީ 20 އަހަރު ނުވަތަ 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޝުޖާތާ ވިދާޅުވީ އޭރު ޕްރޮވިޑެންޓް ފަންޑެއް ހެދިފައިވާ ކަމަށާއި އެ ފަންޑަކީ މުވައްޒަފުންގެ 5 އިންސައްތައާއި ދައުލަތުން 5 އިންސައްތަ ހިމަނައިގެ ހެދުނު ފަންޑެއް ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގައި ޕެންޝަންގެ ނިޒާމް ތައާރަފްވި ފަހުން އެ ފަންޑްވެސް އުވާލި އެވެ.

Ads by HDC
  1. ޑިމޮކްރަސީ

    ރިޓަޔަރމެންޓް ޕެންޝަން ދެނީ އެމީހުން ޢުމުރުދުވަހު ކުރާ މަސައްކަތް ޖަމާކޮށްގެން އެފައިސާއިން ދަވްލަތަކުންނޫން