ޚަބަރު

މާލިއްޔަތު ބެލެހެއްޓުމުގެ ގާބިލުކަަން އިތުރުކުރަން އެމެރިކާ އިން 8.5 މިލިއަން ޑޮލަރުގެ އެހީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖެ-އެމެރިކާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން

ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް އެމެރިކާ އިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.

Ads by MWSC

ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް މި 8.5 މިލިއަން ޑޮލަރާއެކު ޖުމްލަ އަދަދު މި ވަނީ 45.7 ޑޮލަރަށް އިތުރުވެފަ އެވެ.

އެ އެހީ ދެނީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި 14 ވަނަ އިސްލާހުގައި ދިވެހިރާއްޖެ އާއި އެމެރިކާ އާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމާ އެކު އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެ އިސްލާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މި އިސްލާހުގައި ސޮއިކުރެއްވީ ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓާ ގެބްރިއަލް ގްރައު އެވެ.

ޑީއޯއޭޖީގެ ސާދަ ވަނަ އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫއެސްއޭއައިޑީ މިޝަން ޓު ދަ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by Allied Insurance
  1. ވަހީދު

    ކޯޗެ ތީ ހަމަ އެހެން ގައުމުތަ އެމެރިކާގެ ވަކިތަކު ދަށުލާން ކުރާކަމެއް ތީގެން ކުރަން އަންގާނީ ތިޔަވިދާޅުވި ކަންކަން އެކަމަކު ދެކޮޅު ހަދާލަބަލަ ހޭހަންކަނޑުވާލާނެ ތި ގައި އަތްވެސްލާކަށް ނުވާނެ ތީ ފިރުއައުންގެ މުދާގަނޑުގައި އަތް ލީމަ ނަގާދިލަ ނަގާނެ ތި އަނބުރާ ފޮނުވާލާ