Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޮޑުމޮހޮރާއިން 24 ފުޅި ބަނގުރަލާއެކު ތިން މީހުން ހައްޔަރުކޮށްފި

ބޮޑުމޮހޮރާއިން 24 ފުޅި ބަނގުރަލާއެކު ތިން މީހުން ހައްޔަރުކޮށްފި
ވ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ، ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ. މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) އިން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެެވެ. އެ ތިން މީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.
  1. އަހުމަދު އަޝްރަފް (43އ) ކ. މާލެ/ މ.ލަކްސްގާޑަން
  2. އަމްޖަދު މުހައްމަދު (50އ) ގދ. ތިނަދޫ/ ބްލޫހެވަންގެ
  3. ނަލިން އިންޑިކާ ކޮޑިކާރު (52އ) ސްރީލަންކާ
ފުލުހުން ބުނީ އެ ރަށް ބަލައި ފާސްކުރިއިރު 24 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް