ޚަބަރު

ފާޑު ކިޔަނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކުރަން, މާލީ ފިޔަވަޅުތަކުން ފައިދާ ކުރާނެ: މުސްތޮ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

އިދިކޮޅުގައި ތިިބި ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކާމެދު ފާޑު ކިޔަނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން ކަމަށާއި ނަމަވެސް އެކަން ނުވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން"ގެ ސިލްސިލާ ޕޮޑްކާސް "ހަވާސާއިން ބޭރުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުސްތޮ ވިދާޅުވީ, މި ސަރުކާރުން މާލީ ކަންކަން މެނޭޖް ކުރާކަން ނޭނގޭ ކަމަށް އިދިކޮޅުގައި ތިބި ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ

"ރަނގަޅަށް ކަމެއް ކުރާތީ ރައްޔިތުންނަށް އޮޅުވާލަން ކުރާ ވާހަކަތަކެއް އަޅުގަނޑުމެންނަށް މި ފެންނަނީ. ރަނގަޅަށް ކަމެއް ކުރެވޭ އިރުގައިވެސް އެކަން ބަދަލުކޮށް, ގޯސްކޮށް, ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ ގައުމުގައި ފަސާދަ އުފެދޭ ކަހަލަ ވާހަކަތަކާއި ވިސްނުންތަކެއް ގެނައުމަށް ކުރާ މަސައްކަތެއް އެއީ" މުސްތޮ ވިދާޅުވިއެވެ.

މުސްތޮ ވިދާޅުވީ ސަރުކާރުން މާލީ ކަންކަން ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ރައްޔިތުން ވެސް ޤަބޫލުކުރާ ކަމަށާއި އެކަން ވޯޓުން ރައްޔިތުން ބުނެދީފައިވާ ކަމަށެވެ.

"އެއީ ނިމިގެން ދިޔަ އިންތިޚާބުތަކުގައި ސަރުކާރަށް ގޮނޑިތައް ލިބިގެން މިދިޔައީ އެހެންވެ" މުސްތޮ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުނުއިރު ކައުންސިލްތަކުގެ ގިނަ ބައި އިލެކްޝަންތައް ވެސް ސަރުކާރުން ދަނީ ކާމިޔާބު ކުރަމުންނެވެ.

މުސްތޮ ވިދާޅުވީ, ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައި އޮތް ވައުދެއް, ވައުދުވެ ވަޑައިގަތް ގޮތަށް ފުއްދަވާ ދެއްވާނެ ކަމަށާއި ރައްޔިތުން އެކަން ޤަބޫލު ކުރައްވާ ކަމަސެވެ.

"ވެފައި އޮތް ވައުދު, ވެ ވަޑައިގެންފައި އޮތް ގޮތެއް ކުރައްވާނެ, އެއޮތީ ފޮތެއްގައި ލިޔުއްވާފައި, އެކަންތައް އެކުރައްވަނީ" މުސްތޮ ވިދާޅުވިއެވެ.

މުސްތޮ ވިދާޅުވީ, މަޖިލީހުގައި ސަރުކާރާ ގުޅިގެން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑުތަން ރަނގަޅު ކުރެވޭނެ ކަމަށެވެ. ޤާނޫނުތަކަށް ގެންނަ އިސްލާޙްތަކުން އިޤްތިޞާދު ރަނގަޅު ނުކުރެވޭނެ ކަމަށް އެއްވެސް ފަރާތްތަކަށް ނުބުނެވޭނެ ކަމަށް ވެސް މުސްތޮ ވިދާޅުވިއެވެ.

"މި ޤާނޫނުތައް ގެނައިމަ, އިޤްތިޞާދު ރަނގަޅެއް ނުވާނޭ, އިޤްތިޞާދު ފުނޑާލާން ކުރާ މަސައްކަތެކޭ އިދިކޮޅަށް ވެސް ވިދާޅެއް ނުވާނެ" މުސްތޮ ވިދާޅުވިއެވެ.

މުސްތޮ ފާހަގަ ކުރެއްވި ގޮތުގައި މަޖިލީހުން ކުރަމުން އަންނަ މަސައްކަތާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތުގެ ސަބަބުން މިއަހަރު ނިމޭއިރު, ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ, ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށެވެ.

Ads by Allied Insurance
  1. ހެޔޮނުވާނެއޭ

    މުއިއްޒު އަކީ ބަތާހަރާމީ ހަރާމްކޯރެކޭ އޭނާ ވަނީ އިންޑިއާ ބޮޑެތި ވަގުންނާއި ގުޅިގެން ރާއްޖޭގެ މިނިވަންކަން އިންޑިއާ އަށް ވިއްކާލާ އެބަތާހަރާމީ ހަރާމްކޯރު އެވަނީ 250 މިލިއަން ޑޮލަރު އިންޑިއާ އިން ބަނޑުއަޅާލައިގެން ރާއްޖޭގެ މިނިވަން ކަން އިންޑިއާ ވަގުންނަށް ވިއްކާލާ ރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލުކޮށްފައޭ މުއިއްޒު އެއީ ދައްޖާލެކޭ އޭނާ ހެޔޮނުވާނެއޭ ރާއްޖޭގެ ވެރިކަމުގައި ބަހައްޓަން މިހާރު ފަލަސްތީނު ރައްޔިތުން އެ އަޅަމުންދާ ވޭން ދެން މުއިއްޒު މިކުރާ ކަންކަމުން ދިވެހި ރައްޔިތުން އަޅަމުންދާނީ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެއޭ