ޚަބަރު

އެމްއެމްއޭއަށް 5 އެމްޑީން ހޯދަނީ, މުސާރައަށް ބައި ލައްކަ ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
MMA
އެމްއެމްއޭއަށް ފަސް އެމްޑީން ހޯދަނީ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޮނިގަނޑަށް ގެނައި ބަދަލާއެއްގޮތަށް އެބޭންކަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަން ޢިއުލާންކޮށްފިއެވެ.

Ads by Hajj Corporation

މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ނަތިޖާތަކެއް ނެރެވޭޏެކަމަށް އެބޭންކުންވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލާއެކު އޮތޯރިޓީގެ ބައެއް މަޤާމުތަކަށްވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެސިސްޓެންޓް ގަވަރުނަރުގެ މަޤާމުވަނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކޮށްފައެވެ. އަދި މިހާރު އޮތޯރިޓީގައި ތިއްބެވި އެސިސްޓެންޓް ގަވަރުނަރުންގެ މަޤާމުވަނީ އެޑްވައިޒަރުންގެ މަޤާމަށް ޕްރޮމޯޓުކޮށްފައެވެ.  މިބަދަލާއެކު އެމްއެމްއޭއިން މިހާރުވަނީ 5 މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް ޢިއުލާންކޮށްފައެވެ.

މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް ޢިއުލާންކުރި ދާއިރާތައް

މަނިޓަރީ ޕޮލިސީ
ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
ފައިނޭންޝަލް ސްޓެބިލިޓީ
ބޭންކިންގ އޮޕަރޭޝަންސް
ކޯޕޮރޭޓް ސަރވިސް
ފައިނެންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް

އެމްއެމްއޭއިން ކުރި ޢިއުލާނުގައި ވިދާޅުވީ މިމަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެމްއެމްއޭގައި ނުވަތަ ފައިނެންސް ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި ފައިނޭންސިންގ ނުވަތަ ވިޔަފާރީގެ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ހުރި ފަރާތަކަށް ވާންޖެހޭނެކަމަށެވެ. މީގެ އިތުރުން ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެކަމަށްވެސް މިޢިއުލާނުގައިވަނި ފާހަގަކޮށްފައެވެ.

އެމްޑީންގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ކުރިންނެވެ. މި މަޤާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50,000 އާއި 55,000 ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އެމްއެމްއޭއިން ބުނީ މިއީ 5 އަހަރު ދުވަހު މުއްދަތަކަށް ޢައްޔަންކުރާ މަގާމުތަކެއްކަމަށާއި މަސައްކަތުގެ ހަރުދަނާކަމާއި އުފެއްދުންތެރިކަމަށް ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެކަމަށެވެ. އެމްއެމްއޭގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރަށް ޢާއްމުކޮށްވެސް މިމަޤާމުތަކަށް ކުރިމަތިލެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!