ޚަބަރު

ރައީސް މުއިއްޒުގެ އަރިހަށް ލަންކާ މަޖިލީހުގެ ރައީސް ޒިޔާރަތްކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުއިއްޒު އާއި ސްރީލަންކާގެ މަޖިލިސް ރައީސް ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

އަވައްޓެރި ލަންކާއަކީ ރާއްޖެ މިނިވަންވުމަށް ފަހު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމު ކުރި ގައުމެވެ. ރާއްޖެ މިނިވަންވި ދުވަސް ކަމަށްވާ ޖުލައި 26، 1965 ގައި ލަންކާ އެކު ސިޔާސީ ގުޅުން ރާއްޖޭން ގާއިމުކުރި އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށާއި ލަންކާގެ ތަރައްގީއާއި ފާގަތިކަމަށް ބާރުއެޅިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުގެ ލިޔުމުގައިވެ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!