Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގޭންގް ކުށެއް ރާވާނަމަ ކޯޓު އަމުރެއް ނެތި ފުލުހުންނަށް ވަދެވޭ ގޮތަށް ގާނޫނު ބަދަލު ކުރަނީ

ގޭންގް ކުށެއް ރާވާނަމަ ކޯޓު އަމުރެއް ނެތި ފުލުހުންނަށް ވަދެވޭ ގޮތަށް ގާނޫނު ބަދަލު ކުރަނީ
ގޭންގު ހަރަކާތެއް ހިންގުމަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ ގޭންގުގެ މެންބަރުން އެކަކު އަނެކަކަށް ބައްދަލުވެ އުޅުމަށްޓަކައި ވަކި ގެއަކަށް ނުވަތަ ތަނަކަށް އެއްވެ ކުށެއް ކުރަން އުޅޭކަމަށްވާނަަމަ އެތަނަކަށް ކޯޓު އަމުރެއް ނެތި ފުލުހުންނަށް ވަދެވޭ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމަށް ބިލެއް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. "ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު" ގެ ޑްރާފްޓުގައި ގޭންގު ހަރަކާތެއް ހިންގުމަށް އަމިއްލަތަނެއް ބޭނުންކުރުމާއި ގޭންގު މެންބަރުން އަމިއްލަ އަދި އާންމު ތަނަކަށް ބާރު ފޯރުވުން ހުއްޓުވުން ހިމަނާފައިވެ އެވެ. އެ ބިލުގައި ބުނާ ގޮތުން ގޭގެ ނުވަތަ އެ ގެ ވަށައިގެންވާ ގެތަކުގެ ނުވަތަ އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހިތުގައި ބިރުވެރިކަން ނުވަތަ އެ މީހުންގެ ކަންބޮޑުވުމެއް އޮތްކަމުގެ މައުލޫމާތު ލިބިފައިވާނަމަ، އެފަދަ ތަނަކަށް ކޯޓު އަމުރަކާ ނުލައި ވަދެ އަމަލުކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެ އެވެ. އެގޮތަށް ކޯޓު އަމުރަކާއި ނުލައި ވަދެވޭނެ ހާލަތްތަކެއް އެ ބިލުގައި ހިމަނާފައިވެ އެވެ.
  1. މަަގުމަތި ޕެޓްރޯކުރުމުގެ ތެރެއިން ފުލުހުންނަށް ފެންނަ ފެނުންތަކާއި ލިބޭ މައުލޫމާތު
  2. ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގުން ލިބޭ މައުލޫމާތު
  3. ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ފުލުހުންނާއި ހިއްސާ ކުރާ މައުލޫމާތު
  4. އާންމު ފަރާތަކުން ހިއްސާކުރާ މައުލޫމާތަކ،ީ ސައްހަ މައުލޫމާތެއްކަމަށް ފުލުހުންގެ އިންޓެލިޖެންސުން އެގުން
އެ ހާލަތެއް މެދުވެރިވެގެން ފިޔަވަޅު އަޅަންޖެހުނުކަން ބިނާވީ ތަނަކ،ީ ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއްނަމަ އަދި އެތަނަކީ އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްނަމަ އެތަނަށް ގޭންގު މެންބަރުން ވަދެ އެއްވެ ނޫޅެވޭނެކަން އެއްވެސް ފަރާތަށް ލިޔުމުން އެންގުމުގެ ބާރު އަަލަށް އެކުލަވާލާ ހަރުކަށި ގޭންގު ގާނޫނު  ފުލުހުންނަށް ލިބިގެންވާ ކަމަށް އެ ބިލުގައި ހިމަނާފައިވެ އެވެ. ބިލުގައި ބުނީ އަަންގާ އެއްގުމާއި އެއްގޮތަށް ތަނުގެ ވެރިފަރާތުން އަމަލުނުކޮށް އެތަނެއްގައި ތަކުރާކުކޮށް ގޭންގު މެންބަރުން އެއްވެ އުޅޭނަމ،ަ އެތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެހެން ބަންދުކޮށް އެކަމުގެ ނޯޓިސް ބެހެއްޓުމަށްފަހ،ު އެ ނޯޓިސް އާއި ހިލާފަށް އެތަނަށް ވަންނަ ފަރާތްތައް ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. ގޭންގު މެންބަރުން ވަދެ އެއްވެ ނޫޅެވޭނެ ފަދައަކުން އެތަނެއް ބެލެހެއްޓުމަށް އެތަނެއްގެ ވެރިފަރާތަށް ނުވަތަ އެތަނެއް ބެލެހެއްޓުމާއި ހަވާލުވެހުރި ފަރާތަށް ލިޔުމުން ފުލުހުން އަންގަންވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. ދައުލަތުގެ ވަކި އިދާރާއަކުން ވަކި އުސޫލަކުން އެހެން ފަރާތަކަށް ދޫކޮށްފައިވާ ތަނަކ،ީ ގޭންގަކަށް ނުވަތަ ގޭންގެއް މެންބަރަކަށް ނުވަތަ ގޭންގެއްގެ ލީޑަރަކަށް ނުވަތަ އެއިން ފަރާތެއްގެ ހިއްސާއެއް ނުވަތަ ބައިވެރިވުމެއް އޮތްފަރާތަކަށް ދޫކޮށްފައިވާ ތަނެއްނަމަ އެތަނެއް ދޫކުރި ދައުލަތުގެ އިދާރާގެ ބެލުމުގެ ދަށަށް އެތަނެއް އަބުރާ ގެންނަންވާނެ ކަމަށް ބިލުގައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް