ޚަބަރު

ސަމާލުވޭ! އޮޅުވާލައިގެން ފައިސާ ހޯދާ މީހުން މިފަހަރު ގުޅަނީ ގާތްމީހެއްގެ ނަމުގައި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދަންނަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން ، ބަޔަކު ގުޅަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

ލަކީޑްރޯއާއި އެހެނިހެން ދޮގު ވާހަކަތައް ދައްކާ ، މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެގޮތަށް މަސައްކަތް ކުރާ މީހުން މިފަހަރު ވަނީ އެހެން ގޮތެއް އިޚްތިޔާރުކޮށްފައެވެ. އެގޮތުން އެމީހުން ގުޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު ރަނގަޅަށް އެއްކޮށް ، އެމީހުންގެ ރައްޓެހީންނަކީ ކޮބައިތޯ ބަލައެވެ. އަދި އެފަދަ މީހުން ގުޅަނީ ގާތް މީހުންގެ ނަމުގައެވެ.

މިފަދަ ކޯލްތަކެއް ލިބުނު ތިން މީހަކު މިއަދު ވަނީ އެވާހަކަ ''ދެން''އާއި ހިއްސާ ކޮށްފައެވެ. އެވާހަކަ ހިއްސާ ކުރަމުން އެކަކު ބުނީ އޭނާއަށް ގުޅީ އޭނާގެ ގާތް މީހެއްގެ ނަމުގައި ކަމަށާއި އަދި އޭނާ އެދުނީ ކުއްލިއަކަށް ހަދަން ޖެހޭ ޕޭމަންޓެއް ނިންމާ ނުލެވިގެން -/2000 ރުފިޔާ ފޮނުވައި ދިނުމަށް ކަމަށެވެ. ނަމަވެސް ޙަޤީޤަތް ބަލާލިއިރު އެއީ ފޭކް ކޯލެއް ކަމަށް އެނގުނު ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިކަމެއް އަދި އެނގިފައެއް ނުވެއެވެ،

Ads by HDC
  1. މުޙަންމަދު

    ގާތްތިމާގެ މީހާގެ އަޑުން އެނގެންވާނެ.